ދުނިޔެ

ފިލިޕީންސް ކައިރިން ދެ ބޯޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެ ގައުމުގެ 14 މަސްވެރިއަކު ގެއްލިގެން ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފިލިޕީންސްގެ ހުޅަނގުން އައްސޭރިފަށުން 17 މޭލު ބޭރުގައި ހިނގި މި އެކްސިޑެންޓަކީ، ހޮންގ ކޮންގ ގެ ދިދި ޖަހައިގެން އޮސްޓްރޭލިޔާއަށް ދަތުރުކުރި އެމް.ވީ ވިއެނާ ކިޔާ މުދާ އުފުލާ ބޯޓަކާ، ފިލިޕީންސްގެ އެފް.ވައި ލިބަރޓީ 5 ކިޔާ މަސްބޯޓެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓް ހިނގި އިރު މަސް ބޯޓް ދަތުރު ކުރަމުން ދިޔައީ ފިލިޕީންސްގެ ވިޔަފާރި މަރުކަޒު މެނީލާއަށެވެ.

Ads by WAMCO

މި އެކްސިޑެންޓް ހިނގަން ދިމާވި ސަބަބެއް މިހާތަނަށް އެނގިފައި ނުވާ އިރު އެކްސިޑެންޓް ހިނގި ވަގުތު މަސް ބޯޓުގައި 12 މަސްވެރިންނާއި 2 ފަސިންޖަރަކު ތިބިކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. މުދާ އުފުލާ ބޯޓުގައި 22 ފަޅުވެރިން ތިބިނަމަވެސް އެކްސިޑެންޓް ހިނގިވަގުތު ބޯޓުގައި އެއްވެސް މުދަލެއް ނެތެވެ.

އެކްސިޑެންޓް ގެ ޚަބަރު މުދާ އުފުލާ ބޯޓުގެ ފަރާތުން ލިބުމުން، ތަހުގީގަށް އެ ބޯޓުވެސް ވަނީ ފިލިޕީންސް ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފއެވެ. އެކްސިޑެންޓް ގެ ޚަބަރު ލިބިގެން މީހުން ސަލާމަތް ކުރާފަރާތްތަކުން އެތައް އިރަކު ކުރި މަސައްކަތަށް ފަހު، ހަލާކު ވެފައިވާ ބޯޓުގެ ބައިތައް ވަނީ ފެނިފައެވެ. ނަމަވެސް އެއިން ދަތުރު ކުރި އެއްވެސް މީހެއްގެ ނިޝާނެއް އަދި ނުފެނެއެވެ.

މީހުން ހޯދުމުގެ މި މަސައްކަތުގައި މިހާރު ކުދި މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ އެހީތެރިކަންވެސް ކޯސްޓް ގާޑުން އަންނަނީ ހޯދަމުންނެވެ. މި ޙާދިސާ ހިނގާފައި މިވަނީ ޗައިނާގެ ބޯޓެއް ފިލިޕީންސްގެ އިޤްތިޞާދީ ސަރަހައްދަށް ވަދެ އުޅެނިކޮށް ފިލިޕީންސްގެ 22 މަސްވެރިއަކު ތިބި ބޯޓަކާ އެކްސިޑެންޓް ވި ތާ އަހަރެއް ވެފައި ވަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!