Wednesday, 11 November 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ޓްރަމްޕް ހައްޔަރު ކުރަން އިރާނުން އަމުރެއް ނެރެފި!

ޓްރަމްޕް ހައްޔަރު ކުރަން އިރާނުން އަމުރެއް ނެރެފި!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމަށް އިރާނުން އަމުރެއް ނެރި، އިންޓަރޕޯލްގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ރައީސް ހައްޔަރު ކުރުމަށް އިރާނުން އަމުރެއް ނެރެފައިމިވަނީ، މިއަހަރުގެ ޖެނުއަރީ މަހު އިރާނުގެ ވެރިރަށް ބަޣްދާދަށް ދިން ޑްރޯން ހަމަލާއާއި ގުޅިގެންނެވެ. މިހަމަލާގައި އިރާނުގެ ޖެނެރަލް ޤައްސާމް ސުލެއިމާނީ ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

ެތެޙްރާން ގެ ޕްރޮސެކިއުޓާ އަލީ އަލްޤާސީމެޙްރް ވިދާޅުވެފައިވަނީ، ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ބަޣްދާދަށް ދިން ވައިގެ ހަމަލާގައި ޓްރަމްޕްގެ އިތުރުުން 30 މީހަކަށް ތުހުމަތު ކުރާކަމަށެވެ.

Advertisement
HDC — Sidebar (box)

ޓްރަމްޕް ގެ އިތުރުން ތުހުމަތު ކުރަނީ ކޮން ފަރާތްތަކަކަށް ކަމެއް އަލްޤާސީމެހްރް އަދި ހާމަކޮށްފައި ނުވި ނަަމަވެސް، ޓްރަމްޕްގެ ވެރިކަން ނިމުނު ކަމުގައި ވިޔަސް މިމައްސަލަ ކުރިއަށް ގެންދަނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ރައީސް ހައްޔަރު ކުރުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އިރާނުން އެދިފައިވީ ނަމަވެސް، އަދި އިންޓަޕޯލުން މިކަމާއި ގުޅިގެން ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.