ލައިފްސްޓައިލް

ކޮވިޑް-19: ސެލޫން ތަކުގައި މޭކަޕް ކުރަން ޑިސްޕޯސަބަލް ތަކެތި ބޭނުންކުރަން ފަށަނީ!

ދެން އެމްވީ

އަންނަ މަހު އައު އާއްމު ހާލަތާއެކު ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވޭއިރު، އެތަންތަނުގައި އެއް ފަހަރު ބޭނުން ކުރެވޭ ނުވަތަ ޑިސްޕޮސަބަލް ތަކެތި ބޭނުން ކުރުމަށް އަންގާ އުސޫލެއް އާއްމުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝާން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި އެއުސޫލަކީ ސުލޫންތަކާއި ބޯކޮށާ ތަންތަން އަލުން ހުޅުވޭއިރު އެތަންތަނުގައި ރައްކާތެރި ކަމާއެކު ޚިދުމަތް ދެވޭނެ ފިޔަވަޅު އެޅުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލެކެވެ.

އެގޮތުން މިއުސޫލުތަކަށް ބަލާއިރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ސެލޫންތަކުގައި މޭކަޕް ކުރަން ބޭނުންކުރާ ތަކެތި ކަމަށްވާ ފުއްމާގަނޑާއި ސްޕޮންޖުފަދަ ތަކެއްޗަކީ އެއްފަހަރު ބޭނުން ކުރެވޭ ތަކެއްޗަށް ވުމެވެ.

ޑިސްޕޯސަބަލް ނޫން ތަކެތި ބޭނުން ކުރާނަމަ، އެތަކެތި ކޮންމެ ކަސްޓަމަރަކަށް ބޭނުން ކުރުމަށްފަހު، އެ ތަކެތި ސައިބޯނި/ޑިޓާޖަންޓް ލައިގެން ރަނގަޅަށް ދޮވެ ސާފުކުރުމަށްފަހު ޑިސްއިންފެކްޓް ކުރުމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބުއިންތަކުގެ ހިދުމަތް ދޭނަމަ، އެކަމަށްވެސް ޑިސްޕޯސަބަލް ތަށި ބޭނުން ކުރުމަށް ވަނީ އެދިިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!