ލައިފްސްޓައިލް

ކައި ގެ ގިވްއަވޭ ވަރަށް ތަފާތު: ދިނީ އެންމެ ބޭނުން ޖެހިފައިވާ 3 ފަރާތަކަށް

ދެން އެމްވީ ، ދެން އޮންލައިން

އިންސްޓަގްރާމް މޮޑެލް ކައިޒީން އޭނާގެ ފޮލޮވަރުންގެ އަދަދު 100 ހާސް ހަމަވުމާއެކު ހުޅުވާލީ ގިވްއަވޭ ގެ ނަސީބުވެރިން ހޮވައިފިއެވެ. އެހެން ގިވްއަވޭ ތަކާއި ހިލާފަށް ކައި ގެ ގިވްއަވޭ ގެ ނަސީބުވެރިން ހޮވާފައިވަނީ ގުރުއަތަކުން ނޫނެވެ. ނަމަވެސް ގިވްއަވޭ ގެ ބައިވެރިންގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ތިން ފަރާތަށް ވަނީ، ކޮންމެ ފަރާތަކަަށް 1000 ޑޮލަރުގެ ހަދިޔާ ދޭން ނިންމާފައެވެ.

Ads by Sosun Fihaara

އެގޮތުން ކައިގެ ގިވްއަވޭ ގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވާފައިވަނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތަކަށެވެ. އެ ފަރާތުގެ ވާހަކަ ކައި ހިއްސާކޮށްފައިވާއިރު އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އާއިލާގެ 4 ކުދިންގެ ޒިންމާ ނަގަމުން އަންނަނީ އޭނާއެވެ. އަދި ވަޒީފާ ގެއްލުމުގެ ސަބަބުން ކޯސް ނުދެއްކިވާ ކަމާއި ސަރުކާރުން ވަޒީފާ ގެއްލޭ ފަރާތްތަކަށް ދޭ އެލަވަންސް ވެސް ލިބިފައި ނުވާ ކަމަށް ބުނެފައިވެއެވެ.

ދެވަނަ އަށް ކައިގެ ގިވްއަވޭ ގެ ނަސީބުވެރިޔަކަށް ހޮވާފައިވަނީ ފިރިމީހާގެ ތެލެސީމިއާ ގެ ފަރުވާ އަށް މާލީ އެހީ ބޭނުންވެފައިވާ މީހަކަށެވެ.

އަދި ތިން ވަނަ އަށް 1000 ރުފިޔާ ލިބޭ ފަރާތަކަށް ހޮވާފައިވަނީ މަންމަ ގެ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށް ލާރި ބޭނުންވެފައިވާ ފިރިހެން ދަރިފުޅަކަށެވެ. އެގޮތުން އޭނާ ހިއްސާކޮށްފައިވާ ގޮތުގައި އޭނާގެ ދެ ކޮއްކޮއާ މަންމަ އާ އެކު ދިރިއުޅެމުން އަންނަނީ ވަރަށް ކުޑަ ކުޑަ ތަންކޮޅެއްގައި ކަމަށާއި ހުރިހާ ހަރަދެއް ބެލެއްޓެނީ ވަރަށް އުނދަގުލުން ކަމުގައި ބުނެފައިވެއެވެ. އަދި ދިރިއުޅެވޭނެ ތިޔާގި ކަން ނެތުމުގެ ސަބަބުން މަންމަ މި ދުނިޔެއިން ވަކި ވާން ނުވަތަ އުންމީދު ކަނޑާލާން ބޭނުްނނުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ގިވްއަވޭ ގެ އިތުރުން ވެސް ކައި ވަނީ ބައްޕަ އަށް ފުރޮޅުލީ ގޮނޑިއެއް ދޭން ބޭނުންވެ، ގިވްއަވޭ ގައި ބައިވެރިވި ފަރާތަކަށް ފުރޮޅުލީ ގޮނޑިއެއްވެސް ހަދިޔާކޮށްފައެވެ.

ގިވްއަވޭ ނިންމާލަމުން ކައި ބުނެފައިވާގޮތުގައި މި ގިވްއަވޭ ގެ މަގުސަދަކީ އެހީއަށް ބޭނުންވެފައިވާ 3 ފަރާތަކަށް އެހީވުމެވެ. އަދި އެގޮތުން އޭނާގެ ޓީމުން ގިވްއަވޭ ގައި ބައިވެރިވި 10 ފަރާތެއް ޝޯޓުލިސްޓު ކުރި ކަމަށާއި ހިޔާރުކޮށްފައިވަނީ އެންމެ ހައްގު ކަމަށް ފެނުނު ތިން ފަރާތްތަކަމަށެވެ. އަދި ގުރުއަތުން ނެގިނަމަ ބޭނުން ޖެހިފައިވާ ފަރާތެއް ބާކީ ވެދާނެ ކަމުގައި ވާތީ މިގޮތަށް އަމަލުކުރީ ކަމުގައި ވެސް ކައި ބުނެފައިވެއެވެ.

އިތުރަށް ކައި ބުނި ގޮތުގައި މި ގިވްއަވޭ ގައި ފައިސާގެ އިނާމެއް ދޭން ނިންމީ ބޭނުން ކޮށްލާނެ އެއްޗަކަށް ވުރެ ބޮޑަށް މާލީ އެހީ ގިނަ ބަޔަކަށް ބޭނުންވެފައިވާތީކަމުގައެވެ.

މި ގިވްއަވޭގައި 20،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ގިވްއަވޭ ގައި ބައިވެރިވި އެންމެނަށް ކައި ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!