ދުނިޔެ

ކައިވެނި ކުރިތާ ދެ ދުވަސް ފަހުން ފިރިހެންމީހާ މަރުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ޕަޓްނާ ގައި އުމުރުން 30 އަހަރުގެ ފިރިހެނަކު، ކައިވެނި ކުރިތާ ދެ ދުވަސް ފަހުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާގޮތުގަައި، އެކައިވެންޏަށް ހާޒިރުވީ 95 މީހަކު ވަނީ މިހާރު ފެތުރެމުން މިއަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

މަރުވި ފިރިހެންމީހާއަކީ ގުރުގްރާމް ގެ ސޮފްޓްވެއާރ އިންޖިނިއަރެކެވެ. އޭނާގެ ހަށިގަނޑު އަންދާލާފައިވުމުން، އޭނާއަށް ވެސް ހުރީ މިބަލި ޖެހިފައި ކަމެއް ނުވަތަ ނޫންކަމެއް ހާމަވެފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް-19 ގެ އަލާމާތްތަކެއް އެފިރިހެން މީހާގެ ވެސް ހުރިކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

އެނގިފައިވާ ގޮތުގައި، މަރުވި ފިރިހެން މީހާގެ އާއިލާއާއި، އޭނާގެ އަނބިމީހާއާއި އަނބިމީހާގެ އާއިލާގެ އިތުރުން ޕާޓިގައި ދެން ވެސް ހާޒިރުވެ ތިބި މީހުން ކޮވިޑް އަށް ޓެސްޓު ކުރިވެސް، ފިރިހެން މީހާގެ ކުއްލި މަރާއި ގުޅިގެންނެވެ.

މިއަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ފިރިހެން މީހާ އޭނާގެ އަވަށަށް ދިޔައީ ކައިވެނި ކުރުމަށެވެ. އެއިރުވެސް އޭނާގެ ހަށިގަނޑުގައި ކޮވިޑް ގެ އަލާމާތްތަކެއް ހުރިކަމަށާއި ނަމަވެސް އަވަހަށް ކައިވެނި ކުރަން ބޭނުން ވުމުން، ބައްޔަށް ޓެސްޓު ނުކޮށް ކައިވެނި ކުރީކަމަށް އާއިލާއާއި ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!