ލައިފްސްޓައިލް

7 ދުވަހުން 7 ކިލޯ ލުއިކޮށްލާނެ ގޮތް

ދެން އެމްވީ

ބަރދަން ލުއިކޮށްލުން ގިނަ ފަހަރަށް ވެފައި އޮންނަނީ ވަރަށް އުނދަގޫ އަދި އެހާމެ ހައްޓަށް ބުރަ މަސައްކަތަކަށެވެ. އެކަމަށްޓަކައި އަހަރެމެންގެ ދިރިއުޅުމުގެ އާދަކާދައާ ބައެއް ވައްޓަފާޅި ވެސް ބަދލުކުރަން ޖެހެއެވެ. ނަމަވެސް ބައެއް ޑައެޓު ތަކަކީ ފަސޭހައިން ހަށިގަނޑުން ބަރުދަން ލުއިކޮށްލެވިދާނެ 'ޝޯޓްކަޓް' ތަކެކެވެ. އެގޮތުން މި ހިމަނާލަނީ 7 ދުވަހުން 8 ކިލޯ ލުއިކޮށްލާނެ ގޮތެވެ.

ފުރަތަމަ ދުވަސް- ކާންވީ ހަމައެކަނި މޭވާ

ފުރަތަމަ ދުވަހަކީ އެންމެ މުހިންމު ދުވަހެވެ. ސަބަބަކީ އެންމެ 7 ދުވަހުން ތިމާގެ ރީތި ކަން ގެނައުމަށްޓަކައި އެންމެ ފުރަތަމަ ބިންގާ އަޅަން އުޅޭތީއެވެ. އެހެންކަމުން ފުރަތަމަ ދުވަހުގައި ކާން މިޖެހެނީ މޭވާ އެކަންޏެވެ. ކާހިއްވާ ފަސޭހައިން ލިބޭ ކޮންމެ ވައްތަރެއްގެ މޭވާއެއްވެސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް ހަނދާން ބަހައްޓަން ޖެހޭކަމަކީ ފުރަތަމަ ދުވަހު ދޮންކެޔޮ ނުކެވޭނެކަމެވެ. 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ. މިދުވަހު އެހެން އެއްވެސް އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ. މާ ބޮޑަށް ބަނޑުހައިވާނަމަ އިތުރަށް މޭވާ އާއި ފެން ބޯށެވެ.

ދެވަނަ ދުވަސް- ކާންވީ ހަމައެކަނި ތަރުކާރީ

މިދުވަހު ބޭނުން ވައްތަރެއްގެ ތަރުކާރީ އެއް ފެނުކައްކައިގެން އަދި ރޮލަށްވެސް ބޭނުން ކުރެވިދާނެއެވެ. މީގެ ވިސްނާލަން ޖެހޭ ތަންކޮޅަކީ އެއްވެސް ވަރަކަށް ތެޔޮ ބޭނުން ނުކުރުމެވެ.ބޭނުން ނަމަ ފެނުކެއްކި އަލުވި ހެނދުނު ބޭނުން ކުރެވިދާނެއެވެ. އޭގެއިން ލިބިދޭ ހަކަތައިގެ ސަބަބުން މުޅި ދުވަސް ތަރުކާރިން ހިފަހައްޓަން ފަސޭހަ ވާނެތީއެވެ. ކުރިން ބުނި ފަދައިން މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ.

ތިން ވަނަ ދުވަސް- މޭވާ އާއި ތަރުކާރީ

މި ދުވަހު ބޭނުން ކުރަން ވާނީ ތަރުކާރީ އާ މޭވާ އެކަންޏެވެ.ނަމަވެސް ދޮންކެޔޮ އަދި އަލުވި ބޭނުން ނުކުރެވޭނެއެވެ. ބޭނުންނަމަ ހެނދުނު ތަރުކާރީ ބޭނުން ކުރުމައްފަހު މެންދުރު މޭވާ ބޭނުން ކުރެވިދާނެއެވެ. ދެން ރޭގަނޑު މޭވާ އާއި ތަރުކާރީ މިކްސް ކޮއްގެން ބޭނުން ކުރެވިދާނެއެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ.

ހަތަރުވަނަ ދުވަސް- ދޮންކެޔޮ އަދި ކިރު

މިދުވަހު މަދުވެގެން 8 ނުވަތަ 10 ހަ ވަތް ދޮންކެޔޮ ބޭނުން ކުރަން ވާނެއެވެ.ހަމަ އެހެންމެ 3ތަށި ކިރު ބޯންވާނެއެވެ. ހަތަރު އިރައް ބަހާލައިގެން ބޭނުން ކުރުމުން ބަނޑުހައި ވާހެން ވެސް ހީނުވާނެއެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ.

ފަސް ވަނަ ދުވަސް- ކާންވީ ޓޮމާޓޯ

މި ދުވަހަކީ ތިބޭފުޅުން ގެ އީދު ދުވަސް ކަމައްބަލާށެވެ.އެހެނީ މި ދުވަހު ގެ ކެއުމުގައި ބަތް ހިމަނާ ފައިވާތީއެވެ. މެންދުރު އެއްޖޯޑު ބަތް ކާށެވެ. އަދި 6 ނުވަތަ 7 ޓޮމާޓޯ އެކިގަޑިއައް ބަހާލައިގެން ކާށެވެ. ހަށިގަނޑުގައި ޔޫރިކް އެސިޑް އުފެދިދާނެތީވެ 12 ނުވަތަ 15 ތަށި ފެންބުއިން މުހިންމެވެ.

ހަތަރުވަނަ ދުވަސް- އެއް ޖޯޑު ބަތް

މިއަދު މިއީ މި ޑައެޓުގެ ދެވަނަ އީދު ދުވަހެކެވެ. މިއަދުވެސް މެންދުރު ކެއުމަށް އެއްޖޯޑު ބަތް ބޭނުން ކުރާށެވެ. ދެން ދުވަހުގެ އެކިގަޑިއަށް ބަހާލައިގެން ތަރުކާރީ ކާށެވެ. މި ދުވަހުވެސް 8 ނުވަތަ 12 ތަށި ފެން ބޯން ހަނދާން ކުރާށެވެ. ހަމަ ޔަގީނުންވެސް މިއަދު ހަށިގަނޑަށް ފަސޭހަވެފަ ހަޖަމުކުރަން ފަސޭހަވާނެއެވެ.

ހަތް ވަނަ ދުވަސް- މޭވާ އާއި ތަރުކާރީ

މިއަދަކީ ޑައިޓް ތާވަލް ގެ ފަހުދުވަހެވެ. މިއަދު ކެއުމުގައި އެއްޖޯޑު ބަތް އަދި ތަރުކާރީ (ކާހިއްވާ) އޭގެ އިތުރައް މޭވާ (ބޭނުން ވައްތަރެއްގެ)ޖޫސް ތައްޓެއް ބޭނުން ކުރެވިދާނެއެވެ.

މި ފަދައިން އެއް ހަފްތާގެ ކެއުން ބަހައްޓައިފިނަމަ ހަށިގަނޑުން އިންނާނީ 6 ކިލޯ ނުވަތަ 8 ކިލޯ ލުއިވެފައެވެ. މީގެ އިތުރުންވެސް ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭނެއެވެ. އެގޮތުން ހަންގަނޑު އުޖާލާ ކޮށްލީ ހަޖަމު ކުރުމަށްވެސް އެހީވެދޭނެއެވެ. ނަމަވެސް ސަމާލުކަން ދޭންވީ ކަމަކީ މިފަދަ ކުއްލި ބަދަލެއް ހަށިގަނޑަށް ގެންނައިރު ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!