މުނިފޫހިފިލުވުން

"ނީނާ" ގައި ޖުމައްޔިލްގެ އިންނާނީ ކުޑަ ރޯލެއް، އެހެން ޕްރޮޖެކްޓުތަކުން ވަކި ކޮށްފިން: އައިފިލްމްސް

ދެން އެމްވީ ، ދެން އޮންލައިން

އައިފިލްމްސް އިން އުފައްދާ ދެވަނަ ފީޗަރ ފިލްމު "ނީނާ" ފިޔަވާ، އެޕްރޮޑަކްޝަން ހައުސްގެ އެހެން ހުރިހާ ޕްރޮޖެކްޓު ތަކަކުން ޖުމައްޔިލް ނިމާލް ވަކި ކޮށްފައިވާ ކަމަށް އެޕްރޮޑަކްޝަން ހައުސް އިން ބުނެފިއެވެ.

އައިފިލްމްސްގެ ފަރާތުން މިކަމާއި ގުޅޭގޮތުން ބަޔާނެއް ވެސް ނެރެފައިވާއިރު، "ދެން" އަށް މައުލޫމާތު ދެއްވަމުން "ނީނާ" ގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނީ "ނީނާ" ގެ ޝޫޓިންގ ވަނީ ނިމިފައި ކަމަށާއި، އެހެންނަމަވެސް އޭގައި ޖުމައްޔިލް ކުޅެފައިވާ ރޯލާއިމެދު ހެދެން ހުރި ގޮތެއް ހަދާނެ ކަމަށެވެ.

"މިފިލްމުގައި ޖުމައްޔިލް ކުޅެފައިވާނީ ސައިޑް ރޯލެއް. އެހެންވީމަ އެހާ ގިނަ ބައެއް ނުވެސް ހުންނާނެ. ފިލްމު ރިލީސް ކުރުމުގެ ކުރިން ވަރަށް ވިސްނާނަން ޖުނައްޔިލް ގެ ބަޔަށް ދެން ހެދޭނެ ގޮތަކާއިމެދު. އެކަމަކު ފިލްމުގެ އެއްވެސް ޕްރޮމޯޝަނެއްގައި އަދި ޓްރެއިލަރ ގައިވެސް ޖުމައްޔިލް ބައިވެރިއެއް ނުކުރާނަން" އިއްލެ ބުނެފައިވެއެވެ.

މީގެއިތުރުން އިއްލެ ބުނީ "ނީނާ" އަށްފަހު، ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ޖުމައްޔިލް އަށް ދޭން ކުރިން ވިސްނި ނަމަވެސް، މިހާރު އެމަސައްކަތްތަކުން ވެސް ވަކި ކުރެވިފައިވާ ކަމަށެވެ.

އެކްޓަރ ޖުމައްޔިލްއަށް،0 މީގެ ހަތަރު އަހަރު ކުރިން0 އޭނަގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާއިރު އެމައްސަލައިގެ "ވިކްޓިމް" ވަނީ ސޯޝަލް މީޑިއާގައި އެކަން ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

އެހެންކަމުން ބައެއް ފިލްމީތަރިން ވެސް ރޭޕް އާއި ދެކޮޅަށް އަޑު އުފުލާފައިވާއިރު، ޑާކް ރެއިން އެންޓަޓެއިންމަންޓާއި އައިފިލްމްސް އިން މިވަނީ ޖުމައްޔިލް އެމީހުންގެ މަސައްކަތްތަކުން ވަކި ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!