"ވަޒީރަކަށް ސީރިއަސް ތުހުމަތެއް ކުރެވޭ ނަމަ އިސްތިއުފާ ދޭން އެންގެވުމުގެ ބަދަލުގައި ވަގުތުން މަޤާމުން ވަކިކުރަން ޖެހޭ"
ވަޒީރަކަށް ސީރިއަސް ތުހުމަތެއް ކުރެވޭ ނަމަ އިސްތިއުފާ ދޭން އެންގެވުމުގެ ބަދަލުގައި ވަގުތުން މަޤާމުން ވަކިކުރަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެނގެވުމާ ގުޅިގެންނެވެ.
އެގޮތުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް އެކަހަލަ ސީރަައަސް ތުހުމަތުކުރެވުމުން އިސްތިއުފާ ދިނުމަށް އެންގެވުމުގެ ބަދަލުގައި އެންމެ ރަނގަޅުގޮތަކީ ވަގުތުން މަޤާމުން ވަކިކުރެއްވުން ކަމަށެވެ.
ވަޒީރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މިކަހަލަ ސީރަައަސް ތުހުމަތުކުރެވުމުން އިސްތިއުފާ ދިނުމަށް އެންގެވުމުގެ ބަދަލުގައި އެންމެ ރަގަޅުގޮތަކީ ވަގުތުން މަޤާމުން ވަކިކުރެއްވުން. https://t.co/SsPEyOsDp2
— Ahmed Usham (@a_usham) July 8, 2020
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިރޭ ވިދާޅުވީ، އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހު އަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައި ވާތީ ކަމަށެވެ.