ޗައިނާއަށް ވަގުތީގޮތުން ކާބޯތަކެތި އެތެރެކުރުން ހުއްޓާލައިފި
ކޮރޯނާ ވައިރަސް ފެތުރިފައިވާ ގޮތާއި މެދު ޝައްކު އުފެދިފައިވާއިރު، ޗައިނާ އަށް ކާ ތަކެތި އެތެރެ ކުރުން ވަނީ މަނާ ކޮށްފައެވެ. މި ހާދިސާ ހިންގަން މެދުވެރިވި ސަބަބަކީ ބެއިޖިންގް އިން އެތެރެ ކުރަން އުޅުނު ޑިންގާ ޕެކޭޖް ތަކަކުން ކޮވިޑަށް ޝައްކު ކުރެވިފައި ވާތީއެވެ.
ސާންޕަލް ނެގި ޓެސްޓް ތަށް ހެދުމަށް ފޮނުވުމުން އެތަކެތިން ވަނީ ނެގެޓިވް ކަމަށް ދައްކާފައެވެ. ނަމަވެސް ކަސްޓަމްސް އިން ދަނީ ތިން ކުންފުންޔަކުން ކާތަކެތި އެތެރެ ކުރުމުށް މަނާކުރަމުންނެވެ. އެ ތިން ކުންފުނިން ކާ ތަކެތި އެތެރެ ކުރުން މަނާ ކުރަން ޖެހުނު މައިގަނޑު ސަބަބަކީ އެ ތިން ކުންފުނިން އެތެރެ ކުރެވުނު ތަކެތިން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ ތަކެތި ފެނުމުންނެވެ.
ޗައިނާއިން ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކުން ތަކެތި އެތެރެ ކުރުން ވަނީ މަނާ ކޮށްފައެވެ. މި ގޮތަށް ތަކެތި އެތެރެ ކުރުން މަނާ ކުރަނީ ބެއިޖިންގް އަކުން އެކަންޏެއް ނޫނެވެ. ތަފާތު އެކި ގައުމު ތަށް ހިމެނިފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން ޗައިނާއިން ވަނީ ކޮވިޑް 19 ގެ ނުރައްކާ ބުޑެތި ގައުމު ތަކުން އެތެރެ ކުރާ ތަކެތި ޓެސްޓް ކުރަން ކެންޕެއިން އެއް ކުރިއަށް ގެންދަވާފައެވެ.