ދުނިޔެ

އަލްޙަމްދުލިﷲ! ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދޭނެ ކަމުގެ އުންމީދު އާވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި، މިނުރައްކާތެރި ބަލިން ސަލާމަތްވުމަށް ވެކްސިނެއް ތައްޔާރު ކުރެވިއްޖެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އާލާ ވެއްޖެކަމަށް އިނގިރޭސިވިލާތުގެ ކަމާއިބެހޭ މާހިރުންތަކެއް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިވެކްސިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ތައްޔާރު ކުރެވޭނެ ކަމަށް ސައިންޓިސްޓުން ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުގެ އެ ސައިންޓިސްޓުން ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 ވައިރަހާއި މިވެކްސިން ހަނގުރާމަކުރާ ކަމުގެ 80% ނަތީޖާ ދައްކާކަމަށް އެބޭފުޅުން މިއަދު ވަނީ ހާމަ ކޮށްފައެވެ.

އެގޮތުން އެބޭފުޅުން ވިދާޅުވެފައިވަނީ އުފެއްދި ވެކްސިން އެންޓިބޮޑީ އެއްގެ ގޮތުގައި މަސައްކަތްކޮށް، ވެކްސިންގައި ހިމެނޭ ބާރުގަދަ ޓީ-ސެލްސް ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރާ ކަމުގެ ނިޝާންްތަކެއް ދައްކާފައިވާ ކަމަށެވެ.

އޮކްސްފޯޑުގެ ބޭސްއުފައްދާ ފާރމެއް ކަމަށްވާ އެސްޓްރާޒެނެކާ އިން އުފައްދާ މިވެކްސިން ރަނގަޅަށް މަސައްކަތް ކުރޭތޯ 8000 ވަރަކަށް މީހުން ބޭނުން ކޮށްގެން ވަނީ ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ.

މިވެކްސިން މަސައްކަތް ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އިނގިރޭސިވިލާތުގެ ސައިންސްވެރިން ދެއްވާފައިވީ ނަމަވެސް، ވެކްސިން އާއްމުކުރާނީ އަދިވެސްް އިތުރަށް ބަލާ ޓެސްޓު ކުރުމަށްފަހު ކަމަށް ވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!