ދުނިޔެ

ޑޮނަލްޑް ޓްރަމްޕް އިސްތިއުފާ ދިނުމަށް އޭނަގެ އާއިލާ މެންބަރަކު ވެސް ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާއަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އިސްތިއުފާ ދެއްވުމަށް އޭނާގެ އާއިލާ މެންބަރަކު ވެސް ގޮވާލައިފިއެވެ.

Ads by WAMCO

ޓްރަމްޕް އަށް ބޮޑުބޭބެ ކިޔާ، މޭރީ ޓްރަމްޕް، ބުނެފައިވަނީ އެމެރިކާގެ ރައީސްކަން ކުރުމަށް ޑޮނަލްޑް ނުކުޅެދޭ ކަމަށާއި އެހެންކަމުން އޭނާއަކީ ޤައުމަށް ހުރި ނުރައްކަލެއް ކަމަށެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ބޭބެ ރޮބަޓް ޓްރަމްޕް މީގެކުރިން ވަނީ ޑޮނަލްޑް އާއި ބެހޭގޮތުން މޭރީ ވާހަކަ ދެއްކުން މަނާކޮށް ރިސްޓްރޭނިން އަމުރެއް ހައްދާފައެވެ. ނަމަވެސް އެއަމުރު އިއްޔެ ބާތިލުވުމާއި ގުޅިގެން މިއަދު މޭރީ މިވަނީ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުން އިސްތިއުފާ ދޭން ގޮވާލާފައެވެ.

މިވަގުތު ރައީސް އޮފީހުގެ ވަށް މޭޒުގައި އިންނަމަ، ޑޮނަލްޑާއި ދިމާލަށް ބުނާނީ ކީކޭތޯ މޭރީ ގާތު އޭބީސީ ގެ ރިޕޯޓަރެއް އެހުމުން އޭނާ ބުނީ "ރިޒައިން" މިހެންނެވެ.

މޭރީ ޓްރަމްޕް ބުނެފައިވަނީ ޑޮނަލްޑް އަށް ކޮވިޑް-19 ގެ މިބަލިމަޑުކަމުގައި ވެސް ޤައުމު ހިންގާނެ ގޮތެއް ނޭނގޭ ކަމަށާއި ނޮވެމްބަރުގައި އޮންނަ އިންތިހާބުގެ ކުރިން އިސްތިއުފާ ދެއްވުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!