ޚަބަރު

އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ވޯޓާސް ލިސްޓު އެޕާޓީން އާއްމުކޮށްފިއެވެ.

އެމްޑީޕީން ބުނީ މި މަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 1،364 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ މީގެކުރިން ބުނެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އިންތިހާބުގައި ވޯޓު ލެވޭނީވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ވެސް ބަންދުވެފައިވާއިރު، ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނެކަމަށް އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީ ޕްރައިމަރީއަށް ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!