ޝާހްރުކްޚާންގެ އަންހެން ދަރި ފެނިފައި އެންމެން އާޝޯޚުވެފައި!
![](https://dhen.mv/wp-content/uploads/2020/08/qHjac32TYmvBIUK.jpg)
ސެލެބްރިޓީންނާއި އެމީހުންގެ ދަރިންނަކީ ވެސް ވަރަށް ގިނަ މީހުންގެ ދުރުމިތަކަށާއި ނޫސްތަކުގެ ހެޑްލައިނަށް އަރާ ބައެކެވެ.
ޚާއްސަކޮށް ވަރަށް މަޝްހޫރު މީހެއްނަމަ ނުވަތަ މަޝްހޫރު މީހެއްގެ ދަރިއެއްނަމަ، އެބަޔަކަށް މީހުންދޭ ސަމާލުކަން އިންތިހާއަށް ބޮޑެވެ. އާއްމު ދިރިއުޅުމުގައި ވެސް އެމީހުން ކުރާ ކަންކަމަށް ގިނަ މީހުން ތިބެނީ ބަލަބަލައެވެ.
އެގޮތުން މިފަހަކަށް އައިސް އިންޓަނެޓުގައި އެންމެ ގިނަ ބަޔަކު ބަލަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއްތަރި ކަމަށްވާ ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ގެ ފޮޓޯތަކަށެވެ.
ްެއެގޮތުން ސުހާނާ އިންސްޓަގްރާމަށް މިފަހަކަށް އައިސްލާ ފޮޓޯތަކަށް ގިނަ ބައެއްގެ ތައުރީފާއި ސަނާ ވަނީ ލިބިފައެވެ.
![](http://localhost/imgfly/images/qh0MbNj3MYTw34V.jpg?w=755&h=502&fit=crop-center)
އޭނަގެ ލޫޅާފަތި ހަށިގަނޑާއި އޮމާން ހަންގަނޑުގެ ރީތިކަމާއި ފޮޓޯތަކަށް ހުއްޓިލައިގެން ހުންނަ ގޮތް ރީތިކަމުން، އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެނުމަށް ނުވަތަ މޮޑެލް ކުރުމުގެ ރޮނގުން ކުރިއަށް ދިޔުމަށް ބައެއް މީހުން ވަނީ ޙިޔާލު ދީފައެވެ.