Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފްލެޓް ޕޯޓަލްގައި 10،000 މީހުން ރަޖިސްޓްރީ ވެއްޖެ

ކިއުގައި ނުޖެހި ފްލެޓުތަކަށް ހުށަހެޅޭ ޕޯޓަލްގައި 10،000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

"މަގޭ ހިޔާވެހި" ޕޯޓަލް ލޯންޗު ކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ސަރުކާރުން ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާން ހުޅުވާލުމުން ކިއޫގައި ޖެހި ފޯމް ނަގައިގެން ހުށަހެޅުމުގެ ބަދަލުގައި އެކަމަށް ހާއްސަ ވެބްސައިޓެއްގައި ރެޖިސްޓާވެގެން ފްލެޓަށް ހުށަހެޅޭ ނިޒާމެކެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ހަސަން ހައްސާމް ވިދާޅުވީ ވަރަށް އަވަހަށް ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ހުޅުވާލާނެ ކަމަށާއި އެ ސްކީމްތަކަށް އެންމެ ފަސޭހައިން ކުރިމަތިލެވޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން މިހާރު ވެސް 10،000 އަށް ވުރެ ގިނަ މީހުން ރެޖިސްޓާވެފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕެންޝަން އޮފީހާއެކު މައުލޫމާތު ހިއްސާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަަންނަ ކަމަށާއި އެ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތުގެ ސަބަބުން ޕޯޓަލް އިތުރަށް ފުރިހަމަވެ ރަޖިސްޓާ ކުރާ ފަރާތްތަކަށް ޕޯޓަލް ބޭނުން ކުރަން އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރިން ކުރިން ބުނި ގޮތުގައި ސަރުކާރުން ބޯހިޔާވެހިކަމުގެ ސްކީމެއް ހުޅުވާލުމާއެކު އެ ޕޯޓަލްގައި ފެންނަން ހުންނާނެ އެވެ. ނަމަވެސް އެ ޕޯޓަލްގައި 10،000 މީހުން ރަޖިސްޓާވި އިރު މިހާތަނަށް އެއްވެސް ފްލެޓް ސްކީމްއެއް ހުޅުވާލާފައި ނުވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް