ޔަމީންގެ ހިތާއި މައިބަދައިގެ މައްސަލަ ޖެހި، ފަރުވާއަށް ރާއްޖޭން ބޭރަށް ދާންވެފައި
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހިތުގެ ސީރިއަސް ބައްޔަކާ ކުރިމަތިވެ، މައިބަދައިގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓި އެއްމަސް ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.
ޔާމީން ވިދާޅުވީ އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.
އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް ޔާމީން މިއަދު ވިދާޅުވި އެވެ.
އެހެންވެ، ބޭސް ފަރުވާ ކުރެއްވުމަށް ހުކުމް ތަންފީޒު ކުރެއްވުން ފަސްކޮށް ދެއްވައި ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.
ކަފާލާތުގެ ދަށުން ދޫވެއްޖެނަމަ، ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ވިސްނުން ގެންގުޅުއްވަނީތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ ކޯޓުން ހުއްދަ ނުދެއްވައިފިނަމަ އެކަން ނުކުރެއްވޭނެ ކަމަށެވެ. ވަޑައި ނުގަންނަވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.
ޝަރީއަތުން ވަނީ ރައީސް ޔާމީންގެ ބަލި ހާލަތާ ގުޅޭ ލިޔުންތައް ހުށަހެޅުއްވުމަށް އެމަނިކުފާނުގެ ވަކީލުންނަށް އަންގަވާފަ އެވެ. ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެވުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް