ދުނިޔެ

އިންޑިއާއިން އިތުރު މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ކެރެލާގައި އިތުރު މީހަކު ނޮވެލް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ

Ads by Sosun Fihaara

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާއަށް ފަރުވާ ދެމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކެރަލާގައި މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވިކަން ފުރަތަމަ އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އެމީހާއަކީ ވޫހާން ޔުނިވާސިޓީގެ ދަރިވަރެއް ކަމަށާއި އޭނާއަށްވެސް އައިސޮލޭޝަން ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އިންޑިއާއިން ވަނީ ކުރިން ބުނެފަ އެވެ.

ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާންގައި ތިބި އިންޑިއާގެ 324 މީހަކު އެގައުމުން ވަނީ އަނބުރާ ދިއްލީއަށް ގެންގޮސްފަ އެވެ. އަދި އެ މީހުން ދެ ހަފްތާ ވަންދެން ކަރަންޓީނު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު އަދި ވައިރަސްއަށް ޕޮޒިޓިވް ނުވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!