ޚަބަރު

55 ރަށުގެ ކައުންސިލް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

Ads by STELCO

ލޯކަލް ގަވަނަންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ޕްރޮޖެކްޓް ހަވާލު ކުރީ އެއް އަހަރު ތެރޭގައި ނިންމާ ގޮތަށެވެ. ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

މި މަސައްކަތް ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏަކާ އެވެ. ނަމަވެސް މަސައްކަތް ނުހިނގައި އެ އެއްބަސްވުން ފަހުން ބާތިލްކުރި އެވެ.

Ads by HDC