ޚަބަރު

އަންހެނަކު މަރުވި ކައްދޫ އެކްސިޑެންޓްގައި، ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ލ. ކައްދޫ އެއާޕޯޓް ކައިރިން، ކަފިހުރަސް މަތިން ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި އަންހެން މީހަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވީ، މަރިޔަމް މޫސާ، 64، އެވެ.

ސައިކަލު ދުއްވަން އިނީ މުހައްމަދު ނައުޝާން، ލ. ފޮނަދޫ ހޯރަވިލާ (37 އަހަރު) އެވެ. އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހި ކަމަށް ފުލުހުން ބުންޏެވެ.

Ads by Allied Insurance