ދުނިޔެ

ކޮރޯނަ ވައިރަސް ޖެހިގެން މަރުވާ މީހުންނަށް ވުރެ ރަނގަޅުވާ މީހުންގެ އަދަދު ގިނަ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދަށް ވުރެ އެ ބަލި ޖެހިފައި ރަނގަޅުވާ މީހުންގެ އަދަދު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 304 މީހުން މަރުވެފައިވާއިރު، އެ ބައްޔަށް ޕޮޒިޓިވް ވި 14380 މީހުންގެ ތެރެއިން 328 މީހަކަށް ފަރުވާދީ ވަނީ ރަނގަޅު ކޮށްފައެވެ.

މީގެ އިތުރުން މި ބައްޔަށް ޝައްކުކުރެވޭ 19،544 މީހުން ތިބި އިރު، މި ދުވާލެއްގެ މައްޗަށް މި ބައްޔަށް ޝައްކުކުރެވޭ މީހުންގެ އަދަދު ދަށް ވަމުން އަންނަ ކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުންނަކީ ޗައިނާގެ ރައްޔިތުންނެވެ. ޗައިނާގެ ހަމައެކަނި މަރުވެފައި ވަނީ ޕިލިޕީންސްގެ ރައްޔިތެކެވެ.

ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ހަކުރު ބަލި، ކެންސަރު އަދި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!