ވިޔަފާރި

ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދެނީ ރަނގަޅު މިންވަރެއް: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ މިއަހަރުތެރޭ ހެދި ރިސޯޓުތަކުގެ އިންސްޕެކްޝަނުން ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ދިވެހިން ހިފަހައްޓަންޖެހޭ މިންގަނޑު އޮތީ ރަނގަޅަށްކަން ފާހަގަވެފައިވާ ކަމަށާއި އަދި ސާވިސް ޗާޖުދޭ މިންވަރު ވެސް މިހާރު ފެންނަން އެބަހުރި ކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާ އަށް އިންވެސްޓުކޮށްގެން ތިބި ދިވެހި ވިޔަފާރިތަކަށް ބަލާއިރު ވެސް، ބޭރުގެ ވިޔަފާރިތަކަށް ބަލާއިރު ވެސް ސާވިސް ޗާޖު ދިނުމާއި، ދިވެހިން ހިފެހެއްޓުމުގައި ރަނގަޅު" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބައެއްފަހަރު "މެއިން ސްޓްރީމް" ވެގެން އަންނަނީ ރިސޯޓުން ކަނޑާލާ މީހާ ދައްކާ ވާހަކަ ކަމަށެވެ. އަދި ރިސޯޓުތަކުގައި ހުރި ޝަކުވާތައް ވެސް ގިނަފަހަރު ޓްވީޓު ކޮށްފައި ހުންނަނީ ވެސް ވަގު އެކައުންޓުތަކުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަދި މިވީ އެއް އަހަރު ދުވަހުގެތެރޭ މިނިސްޓްރީ އަށް ހުށަހެޅުނު ހުރިހާ ޝަކުވާތަކެއްގެ އަޑު އެހި ކަމަށާއި ރިސޯޓުތަކުގެ މުވައްޒަފުން ކަންކަމުގައި އައުމުން މިނިސްޓްރީގެ ދޮރު ބަންދު ނުވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!