ދީން

ޙައްޖާޖީންގެ ދުޢާ: ކޮވިޑް ނެތް ދުނިޔެއެއް ލިބުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި އަހަރުގެ ބަރަކާތްތެރި ޙަައްޖުގެ އަޅުކަން އިއްޔެ އަދާ ކޮށްފައިވާއިރު، ޙައްޖާޖީން އެންމެ ގިނައިން ދުޢާ ކޮށްފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮވިޑް-19ގެ އާލަމީ ވަބާ އިން އަވަސް މުސްތަޤްބަލެއް ދެއްވުމަށެވެ.

Ads by Sosun Fihaara

އަރަފާތު ބިމުގައި ހައްޖާޖީންގެ ދުއާގެ އަޑު މުޅި އެ ބިމުގައި އިއްޔެ ވަނީ ގުގުމައިލައިފައެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ސައުދީ އަރަބިއާއިން ސައުދީ ނޫން ގައުމުތަކުގައި ދިރިއުޅޭ މީހުން ޙައްޖު ވާން ދިޔުން މަނާ ކޮށްފައެވެ. އެގޮތުން މި އަހަރު ޙައްޖުވުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ އެ ޤައުމުގެ ރައްޔިތުންނަށާއި އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަންޏެވެ. އޭގެ ތެރެއިން ވެސް ޙައްޖު ވެވެނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.

"ޙައްޖުގެ މަތިވެރި އަޅުކަން ކުރުމުގެ ފުރުސަތު އަހަންނަށް ލިބިގެން ދިޔުމަކީ ލިބުނު ބޮޑު ނިއުމަތެއް. ކޮވިޑްގެ މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކުރައްވާތޯ މާތް ރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރަން" ސައުދީގައި ދިރިއުޅޭ ފަލަސްތީނުގެ ޙައްޖާޖީއެއް ކަމަށްވާ އުއްމު އަހްމަދު ބުނެފައިވެއެވެ.

މި އަހަރު އަރަފާތު ބިމުގައި 60،000 ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރިއެވެ. އެ އެންމެން ޙައްޖުގެ އަޅުކަން އަދާ ކުރީ މާސްކު އަޅައިގެން، 3 ފޫޓުގެ ދުރުމިން ވެސް ބަހައްޓައިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!