ދުނިޔެ

ޗައިނާގައި ވިހޭ ކުއްޖަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި އުމުރުން ދެ ދުވަސް ނުފުރޭ ތުއްތު ކުއްޖަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ.

Ads by WAMCO

ޗައިނާގެ ސަރުކާރު މީޑިއާއިން ރިޕޯޓުކުރޮ ގޮތުގައި ވައިރަސް ޖެހުނީ މިދިޔަ އާދިއްތަ ދުވަހު ވޫހާންގެ ހޮސްޕިޓަލެއްގައި އުފަންވި ކުއްޖަކަށެވެ. އަދި ކުއްޖާގެ ވިހެއުމުގެ ކުރިން އޭނާގެ މަންމައަށް ކޮރޯނާވައިރަސް ޖެހިފައިވާ ކަން ވަނީ އެނގިފަ އެވެ. އެހެންކަމުން ކުއްޖާ ވިހެއިތާ 30 ގަޑި އިރު ތެރޭ ޑޮކްޓަރުން އެކުއްޖާ ވައިރަސްއަށް ޓެސްޓު ކުރި އެވެ.

މި ކުއްޖާ ވައިރަސް އަށް ޕޮސިޓިވް ވުމާއިއެކު ޑޮކްޓަރުން މިހާރު އަންނަނީ މައިމީހާގެ ރަހިމުގެ ތެރެއިން މި ވައިރަސް ތުއްތު ކުދިންގެ ގަޔަށް އަރާކަމަށްބުނެ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ކުއްޖާ އަށް މިހާރު އަންނަނީ ވައިރަސް ޖެހިފައިވާ ކުޑަކުދިންނަށް ޙާއްސަކޮށްފައިވާ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ފަހުގައި ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށާއި އަދި އެ ކުއްޖާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާ އެވެ.

މިހާތަނަށް 25 ގައުމެއްގައި 28،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ގިނައިން ބޮޑެތި މީހުންނެވެ. އަދި ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ނޮވެލް ކޮރޯނާވައިރަސް ޖެހިފައިވާ ގިނަ މީހުންނަކީ 49 އަހަރާއި 56 އަހަރާ ދެމެދުގެ މީހުންނެވެ.

ކޮރޯނާވައިރަސްގެ ސަބަބުން މިހާތަނަށް 563 މީހަކު މަރުވެފައިވާ އިރު އޭގެ ތެރެއިން ދެ މީހަކު ފިޔަވާ އެންމެން މަރުވީ ޗައިނާގަ އެވެ. ބާކީ ދެމީހުންނަކީ ފިލިޕީންސްގައި މިދިޔަ ހޮނިހިރު ދުވަހު މަރުވި މީހަކާއި އޭގެ ފަހުން ހޮންކޮންގައި މަރުވި މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!