ޚަބަރު

ބައެއް ވަޒީރުންނާ ގުޅޭ ޝަކުވާތަކަށް ހައްލު ހޯދޭނެ: އާޒިމް

ދެން އެމްވީ ، ދެން އޮންލައިން

ބައެއް ވަޒީރުންނާ ގުޅޭގޮތުން ޝަކުވާތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެކަމަށް ހައްލު ހޯދޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެފައި ވަނިކޮށް އާޒިމް މިއަދު ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ހުށަހަޅާފައި ވަނީ މަދު ވަޒީރެއްގެ ޝަކުވާ ކަމަށެވެ. އަދި އެ ވަޒީރުންގެ އެކި އެކި ޝަކުވާތައް ތަކުރާރުކޮށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެފަދަ ޝަކުވާތަކެއް ހުރިނަމަވެސް އެއީ ހައްލު ކުރެވިދާނެ ކަންތައްތަކެއް ކަމަށެވެ. އާޒިމް ވިދާޅުވީ ވަޒީރުންނާ ގުޅޭގޮތުން އެމްޑީޕީގެ ވަކި ވަކި މެމްބަރުން ކުރައްވާ ޝަކުވާތަކަށް އިހްތިރާމްކުރާ ކަމަށާއި ޕާލަމެޓްރީ ގްރޫޕްގެ ބަހެއް ނެތި އެފަދަ މައްސަލަތަކާ ގުޅިގެން އޭނާ ބަހެއް ނުބުނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލިސް ހުޅުވުމުން އެފަދަ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު އިއްޔެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުރިހާ ވަޒީރުންނަށް ވެސް އިތުބާރު ކުރައްވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!