ޚަބަރު

ވޭޕުގެ މައްސަލަތަކުގައި މިދިޔަ މަހު 127,000 ރުފިޔާގެ ޖޫރިމަނާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ވޭޕުގެ މައްސަލަތަކުގައި މިދިޔަ މަހު 127,000 ރުފިޔާގެ ޖޫރިމަނާކޮށްފި އެވެ.

Ads by STELCO

ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ވޭޕުގެ 15 މައްސަލައެއް ފެންމަތިވި އެވެ.

އޭގެ ތެރޭގައި ވޭޕާ ގުޅޭ އެއް މައްސަލައާއި ވޭޕާ ގުޅޭ ތަކެތި ގެންގުޅުމުގެ އަށް މައްސަލައާއި ވޭޕް ކުރުމުގެ ހަ މައްސަލަ ހިމެނެ އެވެ.

އެ ހުރިހާ މައްސަލަތަކާ ގުޅިގެން ޖުމްލަ 127,000 ރުފިޔާއިން ޖޫރިމަނާ ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ްޭއޭގެ ތެރޭގައި ހިމެނެނީ

  • ވޭޕްކޮށްގެން ކުރި 62,000 ރުފިޔާގެ ޖޫރިމަނާ
  • ވޭޕް ގަތުމާއި ވިއްކައިގެން ކުރި 6000 ރުފިޔާގެ ޖޫރިމަނާ
  • ވޭޕާއި ގުޅޭ ތަކެތި ގެންގުޅެގެން ކުރި 58,000 ރުފިޔާގެ ޖޫރިމަނާ

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެ އިސްލާހާ ގުޅިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.

ވޭޕް ކުރުމާއި ގެންގުޅުން ޖޫރިމަނާކުރި ނަމަވެސް އަދިވެސް ފާޅުގައި ގިނަ ބަޔަކު މަގު މަތީގައާއި އަދި ހޮޓާ ކެފޭ ތަންތަނުގައި ވެސް ވޭޕް ކުރެ އެވެ.

އެހެންނަމަވެސް އެކަން ހުއްޓުވަން މާބޮޑު މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.

Ads by Allied Insurance