ޚަބަރު

އެޑެކްސެލް އިމްތިހާނަށް ލޭޓް އެންޓްރީ އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައިއޭއެލް އާއި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

Ads by STELCO

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންއިން ބުނީ އެ އިމްތިހާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ކައުންޓަރުން (އިއްޒުއްދީން ބިލްޑިންގ) އަދި ޑިޕާޓްމަންޓްގެ ވެބްސައިޓުން ވެސް ލިބޭނެކަމަށް ޕަބްލިކް އެގްޒެމިނޭޝަން އިން ބުންޏެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މެއިލް ވެސް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ފައިސާ ބައލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ބަނޑޭރީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ފޯމު ޗެކް ކުރުމަށްފަހު، ފައިސާ ދެއްކުމަށް ބޭނުންވާ ލިންކު، އީމެއިލް މެދުވެރިކޮށް ފޮނުވާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުންޏެވެ.