ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން 24 ގަޑިއިރު ތެރޭ 86 މަރު

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސްގައި އިއްޔެ އެކަނިވެސް ޗައިނާ އިން 86 މީހުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ މަރުވި 86 މީހުންގެ ތެރެއިން 81 މީހުން މަރުވެފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ހުބެއި ޕްރޮވިންސުންނެވެ. އަނެއް ފަސް މީހުން މަރުވެފައިވަނީ ޗައިނާގެ އެހެން ޕްރޮވިންސްތަކުންނެވެ.

އަދި އިއްޔެ އެކަނި ހުބެއި ޕްރޮވިންސުން މި ބައްޔަށް 2،841 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެ ޕްރޮވިންސުން މި ބައްޔަށް ޖުމްލަ 24،953 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 724 އަށް އަރާފައެވެ. މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35،000 އަށް ވުރެ މައްޗަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!