ވިޔަފާރި

ދައުލަތުގެ ރިޒާވް 685 މިލިއަން ޑޮލަރުގައި

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ މަސް ނިމުނު އިރު ދައުލަތުގެ ރިޒާވުގައި ހުރީ، 685 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފި އެވެ.

Ads by Sosun Fihaara

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ރިޒާވަށް ވުރެ އަށް މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އެމްއެމްއޭއިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭ އިރު ދައުލަތުގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ އެވެ.

މިދިޔަ އަހަރުގެ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައި ވަނީ އެ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ 938 މިލިއަން ޑޮލަރަށެވެ.

ދައުލަތުގެ ރިޒާވް ބޮޑު ކުރުމަށްޓަކައި މި ސަރުކާރުން ވަނީ އިންޑިޔާގެ މަރުކަޒީ ބޭންކުން ކުރިން ހޯދަމުން އައި 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް، 400 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ. ކަރެންސީ ސްވޮޕްގެ ތެރެއިން ހޯދާ ފައިސާއަކީ އަނބުރާ ދައްކަން ޖެހޭ ފައިސާ ކަމުން ރިޒާވް ބޮޑުކުރުމަށްޓަކައި މިއީ ވަގުތީ ހައްލެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!