ކުޅިވަރު

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން

ދެން އެމްވީ ، ދެން އޮންލައިން

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކުރީގެ ކޯޗް އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

Ads by STELCO

މީގެ ކުރިން ވެސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމު ސުޒޭން ވަނީ އަދާ ކޮށްފައެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަހްމަދު ޝާކިރު (ޝާކިއްޓޭ) ވަނީ، އެފްއޭއެމްގެ ޓެކްނިކަލް އެހެން މަގާމަކާ ހަވާލުވެފަ އެވެ.

ގައުމީ ޓީމަށް 17 އަހަރު ކުޅުނު އިމްރާން މުހައްމަދު ވަނީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓުގެ މަގާމަށް އައްޔަނު ކޮށްފައެވެ.

ފަހަކަށް އައިސް އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެންމެ ބޮޑަށް ފާޑުކީ ދެ މީހުން ކަމަށްވާ ސުޒޭން އާއި އިމްރާން މި މަގާމުތަކާއި ހަވާލުވުމަކީ ގިނަ ބަޔަކު ހައިރާން ވާނެ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!