ދުނިޔެ

މަސްތުވާތަކެތި ފޮރުވީ "ފުލް އޮފް ޑްރަގްސް" ޖަހާފައި ހުރި ދަބަހެއްގައި!

ފްލޮރިޑާގެ ޕެންހެންޑަލްގެ ފުލުހުން "ފުލް އޮފް ޑަރަގްސް" ޖަހާފައި ހުރި ދަބަހެއްގެ ތެރެއަށް އަޅައިގެން ގަވައިދާއި ހިލާފަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފްލޮރިޑާގެ ހައިވޭ ޕެޓްރޯލް އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، އެދެމީހުން ހިފެހެއްޓީ، ހައިވޭގައި ވަރަށް ބާރު ސްޕީޑްގައި ކާރު ދުއްވާފައި ދިއުމުންނެވެ. އެ ކާރު ދުއްވަން އިނީ ގަވައިދާއި ހިލާފް މަސްތުވާތަކެތި ޓްރެފިކް ކުރާކަމުގެ ކުށުގެ ރެކޯޑްެ އޮންނަ ދެމީހުންނެވެ.

ފްލޮރިޑާ ހައިވޭ ފުލުހުން އެދެމީހުން ހިފެހެއްޓުމަށްފަހު ބަލައިފާސްކޮށް އެމީހުން އަތުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންފައެވެ.

ބައެއް ބޭރުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެދެމީހުން " ފުލް އޮފް ޑްރަގްސް" ޖަހާފައިހުރި ދަބަހެއް ތެރެއަށް މަސްތުވާތަކެތި އަޅައި އުޅުނީ ފުލުހުންގެ ސަމާލުކަން އެ ދަބަހަށް ނާންނާނެ ކަމަށް ހީކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!