ޚަބަރު

ތިލަދުންމަތިން ފެށިގެން ހައްދުންމައްޗާއި ހަމައަށް ކަނޑުތައް ދިރާސާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަތުމާއި، ކަނޑުގެ މާހައުލުގެ، އަދި މަސްމަހާ މެހީގެ އާބާދީގެ ދިރާސާގެ ފުރަތަމަ ބައި މިހަފްތާގެ ތެރޭގައި ނިމިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by STELCO

ސައްބީސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މިދިރާސާގައި ރާއްޖޭގެ އުތުރުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ފަރުތަކާއި ކަނޑުގެ މާހައުލާއި ގުޅޭ މައުލޫމާތާއި ޑޭޓާ ނަގާފައިވެ އެވެ.

އެ ދިރާސާގައި ދިވެހި ސައިންޓިސްޓުންގެ އިތުރުން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ ފަރާތުން، 8 ގައުމެއްގެ ސައިންސްވެރިން ބައިވެރިވެ، އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އެންމެ ފަހުގެ އުކުޅުތައް ބޭނުންކޮށްގެން ޑޭޓާ ނަގާފައިވެ އެވެ.

އޭގެ އިތުރުން ދެކުނުގެ އަތޮޅުތައް ކަމަށްވާ ހުވަދު އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ ދިރާސާތައް އަންނަ މާރިޗް މަހުގެ ކުރީކޮޅު ކުރެވިގެން ދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތްތަކަކީ ކޯލިޝަންގެ އިތުރުން، ސަރުކާރުގެ ކަމާއިގުޅޭ މިނިސްޓްރީތަކާއި، ބައެއް އަމިއްލަ ޖަމިއްޔާތައް އަދި އެހެނިހެން ފަރާތްތައް ގުޅިގެން ކަނޑުފަރުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި ހިމާޔަތްކުރުމަށް ހިންގާ ފަސް އަހަރު ދުވަހުގެ މަސައްކަތްތަކެކެވެ.

ދިރާސާގެ ބައެއް އުސްއަލިތައް

• 978 ސައިންޓިފިކް ޑައިވްކުރި

• 48 ފަރުގެތްރީ-ޑީ އިމޭޖް ނެގި

• 690 ގަޑިއިރުގެ ބްރަވް ވީޑީއޯ ފުޓޭޖްނެގި

• 80 ބާވަތުގެ (ސްޕީޝީސް) އައި.ޔޫ.ސީ.އެންގެ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ލިސްޓުގައި ހިމެނޭ

• 330 ބާވަތުގެ (ސްޕީޝީސް) ގެ މަސް ބެލި

• 274،004 މަސް ގުނާފައިވޭ

• 524 އީ.ޑީ.އެން.އޭ ސާމްޕަލް (ލޮނުގައިހުރި މައިކްރޯބް އަދި މަހުގެ ބާވަތްތައް ދެނެގަތުމަށް) ނެގި

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!