ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 910 އަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސްގައި ޖެހިގެން މަރުވި މީހުންގެ އަދަދު 910 އަށް އަަރައިފި އެވެ.

Ads by Sosun Fihaara

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 910 އަށް އަރާފައިވާއިރު އިއްޔެއަކީ އެ ވައިރަހުގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ. އެގޮތުން އިއްޔެ އެކަނި ވެސް 97 މީހަކު ވަނީ މަރުވެފައެވެ.

ޗައިނާގެ ހެލްތު އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 40،171 އަށް އަރާފަ އެވެ. އަދި އެގައުމުން ދަނީ 187،578 މީހުން އޮބްޒަވޭޝަންގައި ބައިތިއްބައިގެން ފަރުވާ ދެމުންނެވެ.

މީގެ އިތުރުން ޗައިނާއިން ވަނީ ކޮރޯނާވައިރަސް ޖެހުނު 3،281 މީހަކަށް ފަރުވާދީ، ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!