ޚަބަރު

ފަތުރުވެރިންތަކަކާއެކު ލޯންޗެއް ފަރަށް އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

އއ. މާޔާފުށިން 28 މީހުނާއެކު ހުޅުލެއަށް ދަތުރުކުރި ލޯންޗެއް މާޔާފުށީ ފަރަށް އަރައިފި އެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:45 އެހާކަންހާއިރު ކަމަށާއި ހާދިސާ ހިނގި އިރު ލޯންޗުގައި 25 ގެސްޓުންނާއި ދިވެހިންގެ ދެމީހަކާއި ބިދޭސީ ފަޅުވެރިއަކު ހުރި ކަމަށެވެ.

ލޯންޗުގައި ތިބި މީހުން ރައްކާތެރިކަމާއެކު ވަނީ މާޔާފުށްޓަށް ގެންގޮސްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ފަރަށް އަރާފައިވަނީ "ސްވެނިއާ 19" އެވެ. އެއީ 40 ފޫޓުގެ ލޯންޗެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!