ޚަބަރު

ސީއެސްސީގެ ރައީސް ޝަމީމާއި ތިން މެމްބަރަކު ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާ އެކު ޖުމްލަ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

Ads by MWSC

ޝަމީމްގެ އިތުރުން ދެން މަގާމުން ވަކިކުރަން ކޮމިޓީން ނިންމާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސައިނެވެ. އެ ކޮމިޝަންގައި ދެން އިންނަވަނީ މެންބަރު ފާތިމަތު އާމިރާ އެވެ.

ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން މި ނިންމީ ސީއެސްސީގެ މަސައްކަތް ލަސްވެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، ކޮމިޓީގައި ވަޒީރުން މިއަދު ނުރުހުންފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ސީއެސްސީގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ފާސްކުރިއިރު، މި މައްސަލައާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

މީގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ވެސް ބައެއް މެމްބަރުން ވަކިކުރަން ފާސްކޮށްފައެވެ. އެ ނިންމުމާއެކު ބައެއް މެމްބަރުން ވަނީ އަމިއްލަ އަށް އިސްތިއުފާ ދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!