ޚަބަރު

ކެނޯއެއްގައި މޫދަށް ނުކުތް މީހަކު ވެސް ގެއްލިގެން ހޯދަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މޫސުން ގޯސް ދުވަހެއްގެ ފޮޓޯއެއް

ކެނޯއެއްގައި މޫދަށް ނުކުތް ޒުވާން ދިވެއްސަކު ވެސް ގެއްލިގެން ހޯދަން ފަށައިފި އެވެ.

Ads by MPL

ފުލުހުން މިރޭ ބުނި ގޮތުގައި އެއީ ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނުކުތް އެ ރިސޯޓުގެ މުވައްޒަފެކެވެ. އެއީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރީ މިރޭ 8:43 ހާއިރެވެ. އެ މީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!