ޚަބަރު

ގެއެއްގެ ހަތްވަނަ ބުރީގެ ވައިގޮޅިން މީހަކު ވެއްޓި އަނިޔާ ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހެންވޭރު ގެއެއްގެ ހަތް ވަނަ ފަންގި ފިލާގެ ވައިގޮޅިން މީހަކު ވެއްޓިއްޖެ އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މާލޭގެ ހެންވޭރު ގެއެއްގެ ހަތް ވަނަ ބުރީގެ ވައިގޮޅިން މީހަކު ވެއްޓުނު މައްސަލައެއް މިއަދު މެންދުރުފަހު 2:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ވެއްޓި އަނިޔާވީ ބަންގްލަދޭޝް މީހަކަށް ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގައި ކުރަމުންދިޔަ މަސައްކަތެއްގައި ބޭނުންކުރި "ބޮސުންސް ޗެއާ" ގެ ވާގަނޑެއް ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގި ފިލާގައި އަޅާފައިވާ ޝީޓާއި ހަމައަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ހާދިސާގައި އެ މީހާގެ ގައިގެ ބައެއް ތަންތަނުން މަަށައިގެންގޮސް، ދޫ ކަނޑައިގެން ދިއުމުގެ އިތުރަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން، ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!