ޚަބަރު

ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމު އުފެއްދުން ހުއްޓާލަން ޖެހޭ: އާދަމް ޝަރީފު

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމު އުފެއްދުން ހުއްޓާލަން ޖެހޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފު މިހެން ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ދަށައް ދާނެކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަންގާފައިވަނިކޮށް ރައީސް އޮފީހަށާއި، ބައެއް ވުޒާރާތަކަށް ސިޔާސީ ވެރިން އައްޔަން ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސަރުކާރުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ގަޑި ނެހެދުމަށް ސިވިލް ސާވިސްއަށް އަންގާފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްވެސް ފިނޭންސް މިނިސްޓަރ ވަނީ އަންގާފައެވެ.

ޝަރީފު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތައް އުފެއްދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"އިހްލާސްތެރިކަމެއް ސަރުކާރުގައި އޮތް ނަމަ، އޯޓީ މަދު ކުރުމަށްވުރެ ސިޔާސީ މަގާމުތައް މަދުކޮށް ސަރުކާރުގެ ދަތުރުތައް މަދުކުރީސް." އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ހަރަދަކުޑަ ކުރަން ނިންމާފައިވަނިކޮށް އިއްޔެ ވަނީރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް ޑރ. މަލިކު އައްޔަން ކުރައްވާފައެވެ. އަދި މިއަދު ވަނީ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބު ޝަހީމް، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!