ޚަބަރު

މޫސުން އަދިވެސް ގޯސް، ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މިއަދު ނެރެފައިވާ ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Sosun Fihaara

މޯލްޑިވްސް މީޓިއޮރޮލޮޖީ ސަރވިސް (މެޓް އޮފީސް)އިން , ހުދު ސަމާލު ނެރެފައި ވަނީ 20:00އިން ފެށިގެން 02:00އާ ހަމަޔަށެވެ. މި ވަގުތުތަކުގައި ގަޑިޔަކު ގާތްގަޑަކަށް 19 މޭލާ 24 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވުމާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެ ގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި, އުޅަނދުތަކުގައި ލައިފްޖެކެޓާއި, މުވާސަލާތީ ނިޒާމާއި, ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށް އިތުރުން ހާއްސަކޮށް ރޭނގަޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް, އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!