ދުނިޔެ

ޓުރެފިކް ފުލުހުންގެ ތެރެއިން 60 އިންސައްތަ ފުލުހުން ހައްޔަރުގައި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޓާ ގެ ޓްރެފިކް ފުލުހުންގެ ތެރެއިން ތިރީހަށް ވުރެ ގިނަ ފުލުހުން އޮޅުވާލައި މަކަރު ހެދުމުގެ ކުށުގައި ހައްޔަރު ކޮށްފިއެވެ.

Ads by WAMCO

މޯލްޓާގެ ގިނަ ޢަދަދެއްގެ ޓްރެފިކް ފުލުހުންނާ ދެކޮޅަށް ކުރާ މިދައުވާ ތަކުގެ ތެރޭގައި އިތުރު ގަޑީގެ ފައިސާ މަސައްކަތް ކުރުމަކާއި ނުލާ ތިން އަހަރަށް ވުރެ ގިނަ ދުވަހު ނަގާފައިވުމާއި ދައުލަތުގެ ވެހިކަލްތަކަށް އެޅުމަށް ދީފައިވާ ތެޔޮ އަމިއްލަ ވެހިކަލް ތަކަށް އެޅުން ހިމެނެއެވެ.

މޯލްޓާގެ ޓްރެފިކް ފުލުހުންގެ ތެރޭގައި ހިމެނެނީ މަދު ބައެކެވެ. އެގޮތުން ކުށުގެ ދައުވާ މި އުފުލާ 30 މީހުންނަކީ އެ ޔުނިޓް ގައި މަސައްކަތް ކުރާ ފުލުހުންގެ ފަސް ދޮޅަސް އިން ސައްތަ އެވެ.

އެ ގައުމުގެ ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާއި ގުޅިގެން ދިމާވި މުވައްޒަފުންގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ކުރީގައި އެ އިދާރާ ގައި މަސައްކަތްކުރި ބައެއް މުވައްޒަފުންވެސް ވަނީ އަލުން ވަޒީފާއަށް ނެރެފައެވެ. އަދި މި މައްސަލައިގައި ދައުވާ ލިބޭ މުވައްޒަފުންގެ މައްޗަށް ދައުވާ ސާބިތު ވެއްޖެނަމަ އެކަމަށް ހައްގު އަދަބު ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މޯލްޓާއަކީ ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ އެންމެ އާބާދީ ކުޑަ ގައުމެވެ. އަދި އެ ގައުމަކީ ފާއިތުވީ އަހަރުތަކަށް ބަލާއިރު ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ނިސްބަތުން ބޮޑު ގައުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!