ނަމްބަރު ޕްލޭޓް އޮޓަމެޓިކުން ދެނެގަނެވޭ ފަދަ ކެމެރާތައް ބްރިޖްގައި ހަރުކުރަނީ
ބްރިޖުން ދަތުރުކުރާ އުޅަނދުތަކުގެ ސްޕީޑާއި އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް އޮޓަމެޓިކުން ދެނެގަނެވޭ ފަދަ ކެމެރާ ހަރުކުރުމަށް ތައްޔާރު ވަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ހަދާފައިވާ ހައިވޭގައި ފުލުހުން މިހާރު ވަނީ ކެމެރާތައް ހަރުކޮށްފައި ކަމަށާއި މިހާރު އެ ކެމެރާތައް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ހަމީދު އިތުރަށް ވިދާޅުވީ ކުރިއަށް އުޅަނދުތައް ދަތުރުކުރާ ސްޕީޑާއި އޮޓަމެޓިކުން އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ދެނެގަނެވޭ ފަދަ ކެމެރާތައް ހަރު ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމަށް މަސައްކަތްކުރާ ޓީމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.