ޚަބަރު

ގައުމީ އިންޓެލިޖެންސް އެޖެންސީއެއް ގާއިމް ކުރުމަށް ހަސަން ލަތީފް ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ގައުމީ އިންޓެލިޖެންސް އެޖެންސީއެއް ގާއިމް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

Ads by STELCO

މިއަދު ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފް ވިދާޅުވީ މަނީލޯންޑްރިންގެ މައްސަލަތަކާއި، މީހުން ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ގައުމީ އިންޓެލިޖެންސް އެޖެންސީ އެއް ހަދަންޖެހޭ ކަމަށެވެ.

ވަރަށް މުހިންމު އިސްކަމެއް ދީގެން އެ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު، ފުލުހުންގެ އިންޓެލިޖެންސަށް އިތުބާރު ނުކުރާ ކަމަށް އެމްޑީޕީގެ މެމްބަރުން މީގެކުރިން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ބޮޑެތި ގަތުލުތައް ހިނގާފައިވާއިރު، އިންޓެލިޖެންސަށް އެކަންކަން ނޭނގޭތީ ގިނަ ބަޔަކު އަންނަނީ ފުލުހުންގެ އިންޓެލިޖެންސަށް ފާޑުކިޔަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!