ދުނިޔެ

ގާސިމް ސުލެއިމާނީ އަވަހާރަކޮށްލި ހާދިސާގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ ރައީސް ވައުދުވެވަޑައިގެންފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ގާސިމް ސުލެއިމާނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ޝަރީއަތް ނުހިންގައިފި ނަމަ، މީގެ ދެ އަހަރު ކުރިން އެމެރިކާއިން އީރާނުގެ ޖެނެރަލް ގާސިމް ސުލެއިމާނީ އަވަހާރަކޮށްލި ހާދިސާގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވައުދުވެވަޑައިގެންފިއެވެ.

Ads by Sosun Fihaara

އިރާގުގައި އީރާނާއި އެގައުމާ ގުޅިފައިވާ ޖަމާއަތްތަކުން ދަނީ އެލީޓް ރިވޮލިއުޝަނަރީ ގާޑްސްގެ ބޭރު ގޮފި ކަމަށްވާ ޤުދުސް ފޯސްގެ ކޮމާންޑަރު ސުލެއިމާނީގެ ޝަރަފުގައި ހަރަކާތްތަކެއް ބާއްވަމުންނެވެ.

އިރާގުގައި އޭނާ މަރުވެފައި ވަނީ އޭރުގެ ރައީސް ޓްރަމްޕަށް އަމުރުކުރައްވައިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ދިން ޑްރޯން ހަމަލާއެއްގައެވެ.

"ޖެނެރަލް ސުލެއިމާނީ އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގި ޓްރަމްޕާއި (ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް) ޕޮމްޕެއޯގެ މައްޗަށް އިންސާފުވެރި ކޯޓެއްގައި ޝަރީއަތް ނުކުރެވިއްޖެ ނަމަ، މުސްލިމުން އަހަރެމެންގެ ޝަހީދުންގެ ބަދަލު ހިފާނެ،" ޓީވީ މެދުވެރިކޮށް ހޯމަ ދުވަހު ދެއްވި ތަގުރީރެއްގައި ރައިސީ ވިދާޅުވި އެވެ.

އީރާނުގެ މީޑިއާއިން ބުނެފައި ވަނީ، އާދީއްތަ ދުވަހު އީރާނުން އދގެ ސަލާމަތީ މަޖިލީހަށް އިލްތިމާސްކުރީ، އެމެރިކާއާއި އިސްރާއީލު ހިފެހެއްޓުމަށް ކަމަށާއި، އީރާނުން ބުނެފައި ވަނީ، އީރާނުން ވެސް އެ ކަމުގައި ބައިވެރިވެފައިވާ ކަމަށެވެ.

ސުލެއިމާނީ މަރާލިތާ ދުވަސްތަކެއް ފަހުން އެމެރިކާއިން އދއަށް ބުނެފައި ވަނީ އެ މަރަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ވެފައިވާ މަރެއް ކަމަށާއި އެމެރިކާގެ ސިފައިންނާއި މަސްލަހަތުތައް ހިމާޔަތް ކުރުމަށް މެދުއިރުމަތީގައި "ކޮންމެހެން އަޅަން ޖެހޭ" އިތުރު ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!