ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާއެއްގައި ޗައިނާގައި ތިން މީހުން މަރުވެއްޖެ

ޗައިނާގެ ހުޅަނގު ދެކުނުގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 14 މީހުން ޒަހަމްވެ ތިން މީހުން މަރުވެފައިވާކަމަށް ކަމަށް ރަސްމީ ރިޕޯޓްތައް ބުނެފިއެވެ.
ގުއިޒޫ ޕްރޮވިންސްގެ ބިޖީ ސިޓީގައި ހޯމަ ދުވަހުގެ ހަވީރު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް މިރިޕޯޓުތަކުގައި ބުނެއެވެ.
ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު މަސައްކަތްތެރިން ދިޔައީ ހޮސްޕިޓަލަކަށް ބޭނުންވާ ތަމްރީނު ދޭ ތަނެއް ހަދަމުންނެވެ. ފަރުބަދަމަތީގައިވާ، އިންލަންޑްގުއިޒޫއަކީ ޗައިނާގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.
ޒިންހުއާ ނިއުސް އެޖެންސީން ބުނީ މިހާދިސާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.
ވަޒީފާގެ މާހައުލުގައި ހިނގާ އެކްސިޑެންޓްތަކަކީ މެނޭޖަރުން ކޯންތައް ކަނޑައިލުމާއި، ލަކްސް އެންފޯސްމަންޓް އޮފް ސޭފްޓީ ސްޓޭންޑަޑްސް އަދި އިންފްރާސްޓްރަކްޗާ ހަލާކުވުމުގެ ސަބަބުން ޗައިނާގައި ތަކުރާރުވަމުންދާ މައްސަލައެކެވެ. އެގޮތުން ޗައިނާގެ އެންމެ ބޮޑު އެކްސިޑެންޓްތަކުގެ ތެރޭގައި 2015 ވަނަ އަހަރު ޓިއާންޖިންގެ ޕޯޓް ސިޓީގައި ހުރި ކެމިކަލް ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 173 މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ ފަޔާފައިޓަރުންނާއި ފުލުހުންނެވެ.