ދުނިޔެ

އުޅަނދުތަކެއްގައި ބަންދުވެ 21 މީހުން މަރުވެއްޖެ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ބޯކޮށް ސްނޯ ފައިބަނީ

ޕާކިސްތާނުގެ މުރްރީއަށް ގަދައަށް ސްނޯފޭބުމުގެ ސަބަބުން މަގުތައް ބަންދުވެ އުޅަނދުތަކެއްގައި ތާށިވެފައި ތިބި ބަޔަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ މަޝްހޫރު ހިލްސްޓޭޝަން ކަމަށްވާ މުރްރީގައި ބޯކޮށް ސްނޯވެހުމުގެ ސަބަބުން ކާރިސާގެ ޝިކާރައަކަށްވެ ވެހިކަލެއްގައި ބަންދުވެފައި ތިބި 21 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު މަރުވި މީހުންގެ ތެރޭގައި 9 ކުޑަކުދިން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އެތައް ހާސް ވެހިކަލެއް އެ ސިޓީއަށް ވަނުމުގެ ސަބަބުން ރާވަލްޕިންޑީ ޑިސްޓްރިކްޓްގެ މުރްރީގެ ހުރިހާ މަގެއް ބަންދުވެފައިވާއިރު ޓޫރިސްޓުންތައް ތިބީ މަގުމަތީގައި ގޮތްހުސްވެފައެވެ. އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ހާސް ފަތުރުވެރިންނެއް ވަނީ ރެއިން ފެށިގެން އެ ސަރަހައްދުގެ މަގުތަކުގައި ތާށިވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޓްރެފިކް ފުލުހުންގެ އޮފިޝަލުން ދިޔައީ މަގުތަކުގެ ޓްރެފިކް ފްލޯ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންކަން ވެސް ރިޕޯޓުތަކުގައިވެއެވެ.

ޑޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި 1000 އެއްހައި ކާރު ހިލް ސްޓޭޝަންގައި ވަނީ ތާށިވެފައެވެ. ޕަންޖާބުގެ ޗީފް މިނިސްޓަރު އުސްމާން ބުޒްދާރު ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި ތާށިވެފައި ތިބި ފަތުރުވެރިންނަށް އެހީ ފޯރުކޮށްދިނުމަށް އިރުޝާދުތައް ދެއްވައިފައެވެ. މީގެ އިތުރުން ޕަންޖާބު ސަރުކާރުން ވަނީ ހޮސްޕިޓަލްތަކާއި ޕޮލިސް ސްޓޭޝަންތަކާއި އެޑްމިނިސްޓްރޭޝަން އޮފީސްތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.

ޕަންޖާބުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، މުރްރީއަށް ދިޔަ މަގުމަތީގައި ފަތުރުވެރިންތަކެއް މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ހައިރާންވެ، މާޔޫސްވެވަޑައިގެންނެވި ކަމަށެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށް ޓަކައި ހަރުދަނާ ގަވާއިދުތައް ހަދަންޖެހޭކަމަށް ވެސް ޚާން ވިދާޅުވިއެވެ.

އެގައުމުގެ ދާޚިލީ ވަޒީރު ޝައިޚް ރާޝިދު ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މަގުތައް ސާފުކޮށް، އަދިވެސް ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް އަސްކަރިއްޔާއިން މަސަތްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން ރާޝިދު ވިދާޅުވީ އިސްލާމްއާބާދުން ފެށިގެން މުރްރީއާ ހަމައަށް އޮންނަ މަގު ބަންދުކުރަން ސަރުކާރަށް މަޖުބޫރުވި ކަމަށާއި މީހުން ސަލާމަތްކުރުމުގެ މަސަތްކަތްތައް ކުރިއަށް ގެންދަނީ އިސްލާމްއާބާދާއި ރާވަލްޕިންޑީގެ ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި، ފުލުހުން ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ނިޔަލަށް 1،000 ވެހިކަލް ހުސްކުރާނެ ކަމަށާއި، އާދީއްތަ ދުވަހުގެ ރޭ 9:00އާ ހަމައަށް މުރްރީއަށްދާ މަގުތައް ބަންދުކޮށްފައި އޮންނާނެ ކަމަށެވެ.

ޕާކިސްތާނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކޮށްފައި ވަނީ ޖެނުއަރީ މަހުގެ 6އިން 9އަށް މުރްރީއާއި ގަލިއަޓްއަށް ބޯކޮށް ސްނޯފައިބާނެ ކަމަށެވެ. މެދުނުކެނޑި ސްނޯވެހުމާއި، މުރީގައި ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ވަނީ އިތުރު ވެހިކަލްތައް އެތެރެވުން މަނާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!