ދުނިޔެ

ކޮރޯނާ ވައިރަސް ޖެހިގެން ފްރާންސުން މީހަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ޖެހިގެން ފްރާންސުން ވެސް މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ފްރާންސްގެ ހެލްތު މިނިސްޓަރު އަގްނޭސް ބުޒިން ވިދާޅުވީ މަރުވެފައި ވަނީ އެ ގައުމަށް ޒިޔާރަތްކުރި ޗައިނާގެ 80 އަހަރުގެ ފަތުރުވެރިއެއް ކަމަށެވެ.

އޭނާ ފްރާންސް އަށް އައިސްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށާއި، އަދި އެކަހެރިކޮށްގެން އޭނާ އަށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިއީ މި ބަލި ޖެހިގެން ޔޫރަޕްގެ ގައުމަކުން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ ފިރިހެން މީހާގެ އިތުރުން އޭނާގެ ދަރިފުޅަށް ވެސް ވަނީ މި ބަލި ޖެހިފައެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވައިރަސް ޖެހިގެން މިހާތަނަށް 1600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 60،000 އަށް ވުރެ މައްޗަށް އަރާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!