ވިޔަފާރި

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 14.3 ޕަސެންޓް އިތުރު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިދިއަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 14.3 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 177،140 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައި 154،169 މީހުންނާ އަޅާ ބަލާއިރު 14.3 ޕަސެންޓް އިތުރު ވުމެކެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމަކީ ވޗައިނާއިންނެވެ. އެ ގައުމުން 31,744 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 25,804 މީހުންނާ އަޅާ ބަލާއިރު 18.3 ޕަސެންޓުގެ އިތުރު ވުމެކެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 10,734 މީހުން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރު އައި 10,175 މީހުންނާ އަޅާ ބަލާއިރު 6.2 ޕަސެންޓުގެ އިތުރު ވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕުންނެވެ. އެ ސަރަހައްދުން އައި ޓޫރިސްޓުން ރާއްޖޭގެ ޓޫރިޒަމްގެ 54.4 ޕަސެންޓް ހިއްސާ ކުރިއިރު، ޖުމްލަ 94،725 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13.4 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި އޭޝިއާ ޕެސިފިކް ގައުމުތަކުން 61,888 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 11.9 ޕަސެންޓުގެ އިތުރު ވުމެކެވެ.

ޖެނުއަރީ މަހު ޓޫރިސްޓުން އައި އަދަދު އިތުރުވީ ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިއަށް އޮތް ހައެއްކަ މަހު ޓޫރިސްޓު އެރައިވަލަށް އަސަރު ކުރާނެ ކަމަށް ވަނީ ބެލިފަ އެވެ. އެގޮތުން އެ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާ އިން ރާއްޖެއަށް އަންނަ ހުރިހާ ފްލައިޓެއް ވަނީ ހުއްޓާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!