ދުނިޔެ

ކޯބީ ގެ އަނބިމީހާ އަމިއްލައަށް މަރެއް ނުވޭ

ދެން އެމްވީ ، ދެން އޮންލައިން

ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގައި މަރުވި މަޝްހޫރު ބާސްކެޓްބޯލް ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް ގެ އަންހެނުން ވެނިސާ ބްރަޔަންޓް އަމިއްލައަށް މަރުވެއްޖެ ކަމަށް ބުނާ ހަބަރަކީ ދޮގު ހަބަރެއްކަމަށް ރިޕޯޓު ކޮށްފިއެވެ.

Ads by Sosun Fihaara

އުމުރުން37 އަހަރުގެ ވެނިސާ އަމިއްލައަށް މަރުވެއްޖެ ކަމުގައި ބުނާ ފޭކު ވީޑިއޯއެއް މިހާރުދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ މި ދޮގު ހަބަރު ޝެއަރ ކުރަމުންނެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކޯބީ ބްރަޔާންޓް މަރުވީ މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ހިނގި ހާދިސާއެއްގައެވެ. މި ހާދިސާގައި އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅުވެސް މަރުވިއެވެ. ބްރަޔާންޓް މަރުވި އިރު އޭނާގެ އުމުރަކީ 41 އަހަރެވެ.

1996 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ބްރަޔާންޓް ވަނީ ނެޝަނަލް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެންބީއޭ)ގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ލޮސް އެންޖެލެސް ލޭކާސް ޖާޒީގައި ކުޅެ ފަސް ފަހަރެއްގެ މަތިން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. ބްރަޔާންޓް ވަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ދެ ފަހަރު އެންބީއޭ ފައިނަލްސްގެ އެމްވީޕީ އެވޯޑު ހާސިލްކޮށްފައެވެ. ކްލަބު ލެވެލްގެ އިތުރުން ގައުމީ ފެންވަރުގައިވެސް ބްރަޔާންޓް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ވެނިސާ އަމިއްލައަށް މަރުވި ކަމަށް ބުނާ ފޭކު ވީޑިޔޯ ގިނަ ދިވެހިން ވެސް އަންނަނީ ޝެއަރ ކުރަމުންނެވެ. ހަބަރެއް ނުވަތަ މައުލޫމާތެއް ފެތުމުގެ ކުރިން އެ ހަބަރެއްގެ ސައްހަކަން ޔަގީންކުރުމުގެ މުހިންމުކަން މިކަމުން ވެސް ހާމަވެގެންދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!