ދުނިޔެ

ވާލުގެ ޒަރީއާއިން ފެތުރޭ ބައްޔެއްގެ އިންޒާރާ އެކު އަނެއްކާ ވެސް ބިރުވެރިކަން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ވާލެއް

ކޮވިޑް-19ގެ ބަލިމަޑުކަމުން މުޅި ދުނިޔެއަށް ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް، ވާލުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިމަޑުކަމެއްގެ އިންޒާރު ސައިންވެރިން ދީފިއެވެ.

Ads by Sosun Fihaara

ރަޝިއަން ނިއުސް އެޖެންސީ ސްޕަޓްނިކުން ބުނީ، "ނިއޯކޮވް"ގެ ނަމުން ނަން ދެވިފައިވާ މި ބަލި،  އެންމެ ފަހުން ފެނިފައި ވަނީ ދެކުނު އެފްރިކާއިން ކަމަށާއި، މިއީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ މާސް-ކޮވްއާ ގުޅުން ހުރި ބައްޔެއް ކަމަށެވެ. މި ބަލި މިހާރު ފެތުރެމުން އަންނަނީ ސައުތު އެފްރިކާގެ ވައުތަކުގެ މެދުގައެވެ.

ނިއޯކޮވްއަކީ ދުނިޔެއަށް މުޅިން އައު ބައްޔެއް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، 2012ވަނަ އަހަރާއި 2015ވަނަ އަހަރުގައި މިބަލި ވަނީ މެދުއިރުމަތިން ވެސް ފެނިފައެވެ.

މި ބަލި މިހައިތަނަށް އިންސާނަކަށް ޖެހުނުކަމުގެ ރަސްމީ ރިޕޯޓެއް ލިބިފައެއް ނުވި ނަމަވެސް، ސާސް-ކޮވް-2އާ އެއްގޮތަށް މި ބަލިމަޑުކަން ފެތުރި، އިތުރު ނުރައްކަލަކަށް ދުނިޔެ ހުށަހެޅިދާނެ ކަމުގެ ބިރު އޮތް ކަމަށް، ކޮވިޑް-19ގެ އެންމެ ފުރަތަމަ ވޭދަނަ ފެނުނު ކަމަށް ބެލެވޭ ވޫހާން ސިޓީގެ ސައިންސްވެރިން ލަފާ ކުރެއެވެ.

މި ބަލި ޖެހިގެން މަރުވާ މީހުން ގިނަވާނެކަން ފާހަގަކުރުމުގެ ގޮތުން ޗައިނާގެ ސައިންސްވެރިން ބުނެފައި ވަނީ، މި ބަލީގެ ޝިކާރައަކަށްވާ ކޮންމެ ތިން މީހަކުން އެކަކު މަރުވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!