ދުނިޔެ

ކާއިރު ބާރަށް ހަފާތީ އުނދަގޫ ވޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ކާއިރު ބާރަށް އަޑުލައްވާފައި ކެއުމަކީ ގިނަ ބަޔަކަށް ވަރަށް އުނދަގޫވާ ކަމެކެވެ. ކާއިރު ބާރަށް ހަފާ މީހުން ދެކެ މީހުން ވަރަށް ފޫހިވެސް ވެއެވެ. ސައިންސްވެރިން މިވަނީ މިކަން މިހެން ދިމާވަނީ ކީއްވެކަން ބުނެދީފައެވެ.

Ads by Sosun Fihaara

މިސޮަފޯނިއާ އަކީ ބާރަށް އަޑުލައްވާފައި ކެއުން އަދި ބާރަށް ނޭވާލުން ފަދަ ކަންކަމުން އުނދަގޫވާ މީހުންގެ ހާލަތަށް ސައިންސްވެރިން ދީފައިވާ ނަމެކެވެ. މިގޮތުން މި ފަދަ މީހުންނަށް ގަލަމުގެ ދޯރި މާގިނައިން ނަގާފައި ޖަހާ އަޑު އިވުން ފަދަ ކުދިކުދި ކަންކަމުންވެސް އުނދަގޫވެއެވެ.

ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާގޮތުގައި މިސޮފޯނިއާ ހުންނަ މީހުންގެ ސިކުނޑީގެ އިހްސާސްތައް ކޮންޓްރޯލް ކުރުމުގެ ސިސްޓަމްގައި އުނިކަމެއް ހުރެއެވެ. މީގެ ސަބަބުން ސިކުނޑިއިން މި އަޑު ތަކަށް ދޭ ސަމާލުކަން އިތުރުވެފައި އެކަމަށް އިތުރަށް 'ޓްރިގަރ' ކުރުވަނީ ކަމުގައިވެސް މި ރިޕޯޓުގައި ބުނެއެވެ.

މި ދިރާސާ ކޮށްފައިވަނީ އެކި އަޑުއަޑު އިއްވައި ސިކުނޑިއަށް އައި ބަދަލު އެމްއާރްއައި އެއްގެ ޒަރީއާއިން ދެނެގަނެގެންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!