ދުނިޔެ

ހިތްފަޅައިގެންދާވަރުވޭ! ދަރިފުޅު ގަޔަށް 90 ފަހަރު ކަތުރު ހަރައި،އަނިޔާ ދިން މަންމައެއްގެ ވާހަކަ

ދެން އެމްވީ ، ދެން އޮންލައިން

މިއީ މީގެ އަހަރުތަކެއް ކުރިން ޗައިނާގައި ހިނގާފައިވާ ހާދިސާއެކެވެ. އެގައުމުގެ ޖިއާންގުސޫ ޕްރޮވިންސްގައި ދިރިއުޅޭ ކިރުދޭ މަޔަކު ވަނީ އޭނާގެ ތުއްތު ދަރިފުޅު ގަޔަށް 90 ފަހަރު ކަތުރު ހަރާފައި ދަރިފުޅު އެއްލާލާފައެވެ. އޭނާ އެ ގޮތަށް ކަންތައް ކޮށްފައިވަނީ ގާތުން ދިނުމުގެ ތެރޭގައި ދަރިފުޅު އޭނާގެ ގައިގައި ދަތް އެޅުމުން ކަމުގައިވެއެވެ.

Ads by Sosun Fihaara

އުމުރުން އެންމެ 8 މަހުގެ ތުއްތު ކުއްޖާާ ފެނިފައިވަނީ ގޭ ބިއްދޮށަށް އެއްލާލައިފައި އޮއްވާ އެ ކުއްޖާގެ ބޮޑުބޭބެ އަކަަށެވެ. ފެނުނު އިރު ކުއްޖާގެ ގައިގައި 90 ވަރަކަށް ތަނަށް ކަތުރުން ހަމަލާ ދީފައިވެއެވެ. ކުއްޖާ ފެނުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެކުއްޖާއަށް ފަރުވާ ދީފައިވެއެވެ. އަދި ޒަހަމްވެފައިވާ ތަންތަނަށް ފަރުވާ ދިނުމަށްޓަކައި 120 އަށް ވުރެ ގިނަތަނުން ފަހާފައިވެއެވެ.

މި ކުއްޖާއަށް އަނިޔާ ދިނުމަށްފަހު ކުއްޖާގެ މަންމަ ވަނީ ކުއްޖާ އެއްލާލާފައެވެ. އަދި އެދުވަހުން ފެށިގެން ކުއްޖާ ދިރިއުޅެމުން އަަންނަނީ އޭނާގެ ބޮޑުބޭބެގެ ގާތުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!