ޚަބަރު

ރިޔާސީ ބަޔާނަށް އިދިކޮޅު ޖަވާބު ދިނުން މި މަހުގެ 24 ވަނަ ދުވަހު

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖަވާބާރުން އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.

Ads by Sosun Fihaara

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުމަށްޓަކައި އެކަން ތާވްލުކޮށްދިނުމަށް މައިނޯރިޓީ ލީޑަރު އެދިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން، ފެބްރުއަރީ 24 ވާ ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުން ތާވަލުކުރެއްވިފައިވާކަމަށް ނަޝީދު މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅުން ޖަވާބު ދޭ ދުވަހަކީ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމްގެ ދުވަސް ކަމަށާއި އެ ދުވަހު އެ ބޭފުޅާ ކިޔުއްވާނެ އެއްޗެއް ކިޔުއްވަން މަޖިލީސް ހުޅުވާލާނެ ކަމަށެވެ.

އެއްގޮތަކީ އެމްޑީޕީގެ 65 މެންބަރުންގެ ނަން އިއްވާފައި، ބައިތިއްބާފައި އެ އިއްވޭނެ ގޮތެއް ހޯދުން، ނަމަވެސް، އެމްޑީޕީގެ ފަރާތުންވެސް އެކަމަށް ހުރަސްނާޅުއްވާނެ، ބަޔާނަށް ދެއްވާ ޖަވާބުވެސް ވަކި ތަޖުވީދަކަށް ބައްޓަންވެފައި އޮންނާނެކަމަށް އުއްމީދު ކުރަން" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް ނަޝީދު ވިދާޅުވަނީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަކީ އިދިކޮޅުގެ ޒިންމާއެއް ކަމަށާއި ނަމަވެސް އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފެށި ދެވަނައަށް ވީ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް ވަނީ ހަމަޖައްސާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!